Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މިހިރީ ކޯޓަކު ނޫން، ގޭގައި: އާޒިމާ

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު މިވަގުތު ހުންނެވީ ހައިކޯޓުގައި ކަމަށް ދެކެވޭ ވާހަކަ އާޒިމާ ދޮގު ކުރައްވައިފިއެވެ.

"ހިނިގަނޑަކާއިއެކު" އާޒިމާގެ ފޭސްބުކްގައި ވިދާޅުވީ "މިހިރީ ގޭގައި" ކަމަށެވެ.

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އާޒިމާ ހައިކޯޓުގައި ހުންނެވިކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވަނީ ޓްވީޓު ކުރައްވާފައެވެ.

ރިޔާސީ އިންތިހާބް ބާޠިލް ކުރަން ހުށަހަޅަން އުޅޭކަމުގެ އަޑު ދަނީ ގަދައަށް ފެތުރެމުންނެވެ.