Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އިންތިހާބު ބާޠިލް ކުރަން އުޅޭ ހަބަރު ބޭރު މީޑިއާތަކަށް!

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ގަބޫލް ނުކުރައްވައި އިންތިހާބު ބާޠިލް ކުރަން މަސައްކަތް ކުރައްވަމުންދާކަމަށް ފެތުރެމުންދާ ހަބަރު ބޭރުގެ މީޑިއާތަކުގެ ސުރީހީތަކަށް އަރަން ފަށައިފިއެވެ.

އިންތިހާބު ބާޠިލް ކުރަން އުޅޭކަމުގެ ހަބަރު ވޮޝިންޓަން ޕޯސްޓާއި، ފަސްޓުޕޯސްޓުގެ އިތުރުން ދަ ޓައިމްސް އޮފް އިންޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އިދިިކޮޅު ފަރާތްތަކާއި ހަވާލާދީ ބޭރު މީޑިއާތަކުގައިވެސް ވަނީ ބަލި ގަބޫލް ނުކުރައްވައި ރައީސް ޔާމީން އިންތިހާބް ބާޠިލް ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މަހްލޫފު އާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ އިރު އިންތިހާބާއި ގުޅޭ ޝަކުވާތައް ވީއެންމެ އަވަހަކަށް ޕާޓީގެ އޮފީހަށް ހުށަހެޅުމަށް އެދި ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވައިބަރ ގްރޫޕެއްގައި ދައްކާފައިވާކަމަށް ބުނާ ޗެޓްތަކެއް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

ރާއްޖޭގެ އިންތިހާބާއި ގުޅޭ ފަހުގެ ހަބަރު ތަކަށް ބޭރު މީޑިއާތަކުގެ ހާއްސަ ސަމާލު ކަމެއް ދަނީ ލިބެމުންނެވެ.