Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

އިންތިހާބު ފޭރެން ރައްޔިތުން ފުރުސަތެއް ނުދޭނެ: ނިޒާރު

ރިޔާސީ އިންތިހާބު ފޭރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކޮށްދިނުމަށް އެދި ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގައި އެދިފައި ވަނިކޮށެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްހާސް ފަހަރު އިންތިހާބު ބޭއްވިޔަސް ރައީސް އަބްދުﷲ ޔާމީން ނުހޮވޭނެ ކަމަށެވެ. އަދި އިންތިހާބު ފޭރެން ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ނިޒާރު ވިދާޅުވީ ބަލި ގަބޫލުކޮށްގެން ފަހަތަށް ޖެހެން އުޅެންވީ ކަމަށާއި މިއީ އެންމެންގެ ގައުމު ކަމަށެވެ.