Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ރައްޔިތުން ބަސް އިއްވައިފި، ބާރުތައް ދެމި އޮންނާނީ ރައްޔިތުން ކިބައިގަ: ފައިސަލް

ރައްޔިތުން ވަނީ ބަސް އިއްވާފައި ކަމަށާއި އެންމެހާ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިރޭ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ އާދީއްތަ ދުވަހު ނެގުނު ރިޔާސީ އިންތިޚާބުގެ ވޯޓު ބާތިލުކުރުމަށް ސަރުކާރުން ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

އަދި ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއްވުން ފަސްކުރުމަށް އަމުރަކަށް އެދިފައިވާ ކަމަށް ވެސް ވަނީ ޚަބަރު ލިބިފައެވެ.

ޕީޕީއެމުން ވަނީ އިދިކޮޅު ފަރާތްތަކުން އިންތިޚާބު އޮޅުވާލިކަމަށް ބުނެ އިންތިޚާބު ބާތިލުކުރަން ރާވަމުން ކަމަށް ޚަބަރު ލިބިފައިވި ނަމަވެސް ރައީސް ޔާމީން ވަނީ ހޯމަ ދުވަހު އިންތިޚާބުން ބަލިވެފައިވާކަން ގަބޫލުކުރައްވާފައިވާ ކަން އިއުލާންކޮށްފައެވެ.