Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އިންތިހާބާއި ގުޅޭ މައްސަލައެއް ހުށަނާޅާ: ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓް - ފޮޓޯ: އަވަސް

ރިޔާސީ އިންތިހާބާއި ގުޅޭ އެއްވެސް މައްސަލައެއް ހައިކޯޓަށް އަދި މިހާތަނަށް ހުށަހަޅާފައި ނުވާކަމަށް އެކޯޓުން މިރޭ ބުނެފިއެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއްލާން ކުރުން ފަސްކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅުއްވުމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރު ކޯޓުގައި ހުންނެވި ކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ.

"އައްޑޫލައިވް"އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަތީޖާ ފަސްކުރުމަށް ހައިކޯޓަށް އެދުމަށް ޕީޕީއެމްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ދަމަހައްޓާނެ ކަަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް މިރޭ ވަނީ ވިދާޅުވެފައެވެ.