Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ރައީސް ޔާމީނާއި ގުޅޭ ގިނަ އަދަދެއްގެ ފައިސާގެ މައްސަލަ ބަލައިދިނުމަށް އެމްއެމްއޭއިން ފުލުހަށް!

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެތައް މިލިއަން ރުފޔާގެ މައްސަލަ ބަލައި ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފުލުހަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްއޭގެ ފައިނޭޝިއަލް އިންޓަލިޖެންސް ޔުނިޓުން މި މައްސަލަ ބަލައި ދިނުމަށް ފުލުހަށް ހުށަހަޅާފައިވަނީ މިމަހުގެ މެދުތެރޭގައެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިން މައްސަލަތަކެއް ފުލުހަށް ހުށަހަޅާފައިވާ އިރު ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަން އެމްއެމްޕީއާރްސީ ފައިސާގެ މައްސަލައިގެ ހިމެނޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާންގެ އަމިއްލަ ގެކޮޅަށް ވަންކަމަށް އަމިއްލައަށް ވަނީ އިއުތިރާފުވެފައެވެ.

އެމްއެމްޕީއާރްސީ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރި މައްސަލައެއްވެސް ފެންމަތިވިއެވެ. ނަމަވެސް އެމައްސަލަވެސް އޮތީ މަޑު ޖެހިފައެެވެ.

ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ފައިސާގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ އިރު މިކަމާއި ގުޅޭ ގޮތުން ތަފާތު ފަހަރު މަތިން ފުލުހަށް ގުޅިނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.