Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

"ފުލުހުންނާއި ސިފައިންގެ މަދު ބަޔަކާއެކު ޔާމީން ބަޣާވާތެއް ކުރައްވަން އުޅުއްވައިފި"

ފުލުހުންނާއި ސިފައިންގެ މަދު ބަޔަކާއެކު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބަޣާވާތެއް ކުރައްވަން އުޅުއްވައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ އެކަން ތަހުގީގު ކުރުމަށް ޕީޖީއާއި ފުލުހުންނަށް ދަންނަވާކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިއްޔެއްސުރެން ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި ޕީޕީއެމުން އިންތިޚާބު ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅައިފި ކަމަށް ވެސް ޚަބަރު ފެތުރުނެވެ. ނަމަވެސް ކޯޓުން ވަނީ އެވާހަކަ ދޮގު ކުރައްވާފައެވެ، މީގެ އިތުރުން ބުދަ ދުވަހުގެ ރޭ ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރުމަށް އެއްވެސް ތަނަކަށް އަދި ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރުމަށް އަދި އެ ޕާޓީއިން ނުވިސްނާ ކަމަށް، ވިދާޅުވެފައެވެ.