Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ޗުއްޓީއާ ދިމާކޮށް ސްރީލަންކަން އިން ޚާއްސަ ދެ ފްލައިޓެއް

ސްކޫލް އަހަރީ ޗުއްޓީއާ ދިމާކޮށް ސްރީލަންކަން އިން ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ގިނަ މަންޒިލްތަކާ އައްޑޫ އާ ވަގުތުން ގުޅައިދޭ ޓްރާންސިޓް ވަގުތު ކުޑަ ޚާއްސަ ދެ ފްލައިޓެއް އައްޑޫ ސިޓީ ގަމުން ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސްކޫލް ޗުއްޓީއަކީ ގިނަ އަދަދެއްގެ ދިވެހިން އަވައްޓެރި ބައެއް ގައުމުތަކަށް އާންމުކޮށް ޒިޔާރަތްކުރާ ދުވަސް ކޮޅެއް ކަމުން ޔޫއެލްގެ މި ދަތުރުތަކުން ސަބަބުން އެ ފަރާތްތަކުން އަމާޒު ކުރައްވާ މަންޒިލަށް ކުޑަ ޚަރަދެއްގަ ފަސޭހަކަމާއެކު ދަތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޔޫއެލްއިން ބުނެއެވެ.

ޔޫއެލް އިން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓް ބާއްވަނީ 23 ނޮވެމްބަރުގައި ގަމުން ލަންކާއަށެވެ. އެ ފްލައިޓްއިން ގަމުން ދަތުރު ކުރާ ފަރާތްތަކަށް ލަންކާ މަގުން ޓްރިވެންޑްރަމް، ކޮޗިން، ޑާކާ، ކުއަލަލަމްޕޫރް، ހައިދްރައާބާދް، ސިންގަޕޫރު އަދި ޖަކާޓާއަށް ވަގުތުން ފުރޭނެއެވެ.

ދެވަނަ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 08 ޖެނުއަރީ 2019 ގައި ލަންކާއިން ގަަމަށެވެ. އެ ފްލައިޓްއިން ޑްރިވެންޑްރަމް، ކުއަލަލަމްޕޫރް، ސިންގަޕޫރު، ބޭންގްކޮކް، އަދި ހައިދްރައާބާދުން ދަތުރު ކުރާ ފަރާތްތަކަށް ލަންކާއިން ސީދާ ގަމަށް އާދެވޭނެއެވެ.

ސްރީލަންކަން އިން ފާހަގަ ކުރައްވާފައިވާ މަންޒިލްތަކަކީ ދިވެހިން އާންމު ގޮތެއްގައި ދަތުރުކުރާ މަންޒިލްތަކެވެ. މި ދަތުރުގެ ސަބަބުން ޓްރާންސިޓް ހޮޓެލްތަކުގައި މަޑުކުރަން ނުޖެހި ވަގުތު ބޮޑު ތަނުން ސަލާމަތް ވެގެންދާނެއެވެ. އަހަރީ ޗުއްޓީ ތަކަކީ ގިނަ ފަހަރު އާއިލާތައް އެކުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދުވަސްކޮޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.