Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލްކުރަން ޖެހޭ: އަލީ ހުސައިން

މަޖިލިސް އަވަހަށް ބާއްވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލް ކުރަން އެބަޖެހޭ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ހުސައިން ވަނީ 350،000 ރައްޔިތުންގެ ހައްގުތައް ހިފަހައްޓާ، ގާނޫނު އަސާސީ ފައިދަށަށް ލައިގެން ހުރުމުގެ އެއްވެސް ހައްގެއް އެމްޕީ މަސީހުއަށް ލިބިގެން ނުވާކަމަށް ވިދާޅުވެފައެވެ.

"350،000 ރައްޔިތުންގެ ހައްގުތައް ހިފަހައްޓާ، ގާނޫނު އަސާސީ ފައިދަށަށް ލައިގެން ހުރުމުގެ އެއްވެސް ހައްގެއް އެމްޕީ މަސީހުއަށް ލިބިގެން ނުވޭ. މަޖިލިސް ބާއްވާ މަކިލިސް ބާއްވާ މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ވީއެންމެ އަވަހަކަށް ތާވަލް ކުރަން އެބަޖެހޭ" އަލީ ހުސައިން ވިދާޅުވިއެވެ.

މަސީހު ވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލާތައް ވަރަށް ގިނައިން އަމާޒުވާ ފަރާތަކަށެވެ. މަޖިލީހުގައި އިންނަވާއިރު ވަކިކޮޅަކަށް ބުރަވެގެން ކަންތައް ކުރައްވާ ކަމަށް އާންމުންގެ ތުހުމަތުގެ އިނގިލިތައްވެސް މަސީހުއަށް ދަނީ ކެނޑިނޭޅި އަމާޒުވަމުންކަން ފާހަގަކޮށްލެވެއެވެ.