Last Updated: July 25, 13:25
Saturday, July 25, 2026
ޚަބަރު

އިންތިޚާބު ގިނަ ރައްޔިތުން ބޭނުންވި ގޮތަށް ނިމިގެން ދިޔުމަކީ އިލާހީ ބޮޑު ނިއުމަތެއް: އިލްޔާސް

ނިމިގެންދިޔަ އިންތިޚާބު ގިނަ ރައްޔިތުން ބޭނުންވި ގޮތަށް ނިމިގެންދިޔަ ދިޔުމަކީ އިލާހީ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި ތަޤްދީރުގެ ނިޔާކަމަށް ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

އިންތިޚާބު ބާތިލް ކުުރުމަށް އިންތިޚާބުން ބަލިވި ފަރާތް ކަމަށްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހެޅުމަށް އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާ މި ދަނޑިވަޅުގައި ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި ވަނީ ދަރުސުން ފުރިގެންވާ ކީރިތި ގުރުއާނުގެ އާޔަތަކާއި އޭގެ މާނަ ހިމަނުއްވާފައެވެ. އެ ޓްވީޓްގައި ޝެއިޚް ވިދާޅުވީ ﷲގެ އިރާދަފުޅުން އިލާހީ މި ނިޔާ އެއްވެސް ބަޔަކަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

ޝެއިޚް އިލްޔާސްގެ ޓްވީޓްގައި އެ މަނިކުފާނު ވަނީ މި ނިޢުމަތަށް ޝުކުރުވެރިވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.