Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ކެމްޕެއިނަށް ދޫކުރި އެޗްޕީއެލް މުވައްޒަފުންނަށް މުސާރަ ނުދިނުމުން ދެންތިބި މުވައްްޒަފުންނަށް މުސާރަ ނުދިން!

ރައިސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ވަޒީފާއަށް ނުނިކުންނަ ގޮތަށް ދޫކުރި ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް)ގެ މުވައްޒަފުންގެ ހާޒިރީ ކަންކަން ހަމަ ނުޖެހުމުން އެމީހުންނަށް މުސާރަ ނުދެވުނު މައްސަލަ ފެންމަތިވުމުން ބާކީ ތިބި މުވައްޒަފުންގެ މުސާރައަށް ބުރޫއަރައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ހިއްސާ ކުރި އެޗްޕީއެލްގެ މުވައްޒަފަކު ބުނީ އެމުވައްޒަފުންގެ މުސާރަ ޝީޓުގައި ކެމްޕެއިނަށް ދޫކުރި މުވައްޒަފުންގެ މުސާރަ އުނިކޮށްފައިވާތީ ވެރިން މުސާރަ ޝީޓުގައި ސޮއި ނުކުރާކަމަށެވެ. އެހެންވެ މުސާރަ ނުލިބިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ކެމްޕެއިނަށް އޮފީހަށް ނުނިކުންނަ ގޮތަށް 18 ވަނަކަށް މުވައްޒަފުން ވަނީ ވަޒީފާއިން ވީއްލާފައެވެ. އެމުވައްޒަފުން އެމުައްދަތުގައި އޮފީހަށް ނިކުމެ ހާޒިރީ ފުރިހަމަކޮށްފައި ނުވެއެވެ. އަދި މިހާރު މައްސަލަ ޖެހިގެން އުޅެނީ އެމުވައްޒަފުން އޮފީހަށް ހާޒިރުވިކަމުގެ އެއްވެސް ރިކޯޑެއް ނެތުމުން މުސާރަ ނުދެވިގެންނެވެ.

ކެމްޕެއިނަށް ދޫކުރި މުވައްޒަފުންގެ އެޓެންޑެންސް ފުރިހަމަ ކުރުމަށް ލިޔެ ކިއުން ބަދަލު ކުރުމަށް ވެރިން އެންގި ނަމަވެސް އެކަން އައިޓީ މުވައްޒަފުން ކޮށްދީފައި ނުވެއެވެ.

އޭސީސީން މިއަދު ބުނެފައިވަނީ ކެމްޕެއިންނަށް ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުންކުރި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.