ބ. އަތޮޅު ކެންދޫ ކައުންސިލުން ވައްކަން ކޮށް ތިޖޫރީ ވަގަށް ނަގައިފިއެވެ.
ރޭ ބަޔަކު ކައުންސިލް އިދާރާ ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނަގާފައިވާއިރު އެ ތިޖޫރީގައި 2 ލައްކައާ ގާތް ކުރާ އަދަކަށް ފައިސާ ހުއްޓެވެ.
ކައުންސިލްގެ ނައިބު ރައީސް އަބްދުއްރަޝީދާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތިޖޫރީ ވަގަށް ނެގިއިރު ރައްޔިތުންގެ ފައިސާގެ 188،925 ރުފިޔާ އޭގައި ހުންނާނެ ކަމަށެވެ.
ތިޖޫރީ ވަގަށް ނަގާފައިވާކަން އެނގުނީ މިއަދު ހެނދުނު އޮފީސް ހުޅުވަން މުވައްޒަފުން ދިއުމުންނެވެ. ކައުންސިލް އިދާރާ އިން ވައްކަން ކޮށްފައިވަނީ އެއިދާރާގެ މައި ދޮރާއްޓާއި ތިޖޫރީ ބަހައްޓާފައި ހުރި ކޮޓަރީގެ ތަޅު ހަލާކުކޮށްލައިގެންނެވެ.
މީގެ ކުރިންވެސް ބައެއް ރަށު ކައުންސިލްތަކުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގާފައިވާއިރު ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފައިސާތައް ހޯދާފައެވެ.