Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ޕީޕީއެމްގެ ގައުމީ ޖަލްސާ ބޭއްވުނަ ނުދިނުމަށް އެދި އިލެކްޝަނަށް

ފޮޓޯ: ރާއްޖެ.އެމްވީ

ވެރިކަން ކުރާ ޕީޕީއެމުން ހަފުތާ ބަންދުގައި ބާއްވަން ނިންމާފައިވާ ގައުމީ ޖަލްސާ ބޭއްވުނަ ނުދިނުމަށް ޕީޕީއެމް ކައުންސިލުގެ ކުރީގެ މެންބަރު މުހައްމަދު ނަދީމް އެދިވަޑައިގެންފިއެވެ.

ޔުމްނާ މައުމޫންގެ ފިރިކަލުން އަދި ފެނަކައިގެ ކުރީގެ ޗެއާމަން އިލެކްޝަންސް ކޮމިޝަންގައި އެގޮތަށް އެދިފައިވަނީ މިއަދު އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީއެއްގައެވެ.

ޝަރީފަށް ފޮނުވާފައިވާ ސިޓީގައި ހަފުތާ ބަންދުގައި ގައުމީ ޖަލްސާއެއް ބާއްވަން ނިންމާފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް އެ ގަވާއިދުގައި ބުނެފައިވާ ފަދަ ހާލަތެއް ނެތި ކަމަށް ނަދީމް ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމުން ވަނީ މިއަންނަ ހަފްތާ ބަންދުގައި އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށް ބުނެފައެވެ.