ކޯޓުގެ އިސް ނެގުމަށް ބަލަން ފެށި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ގއ. ވިލިނގިލީ ދާއިރާގެ އެމްޑީޕީ ނާއިބު ރައީސް އަމީޒު ހަސަން މިނިވަންކޮށް، އޭނާއާ ގުޅޭ މައްސަލަ ކޯޓުން ބާތިލުކޮށްފިއެވެ.
އަމީޒު ހައްޔަރުކުރީ ގދ. ތިނަދޫ އިން އާދީއްތަ ދުވަހު ވޯޓުލާން ވިލިނގިލީ ވޯޓުލާ މަރުކަޒަށް ހާޒިރުވެ، ވޯޓު ކަރުދާސް ހިފައިގެން ވޯޓުލާން އުޅެނިކޮށެވެ. އޭނާ މިނިވަން ކުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް ނެގުމަށް ބަލަން ފެށި މައްސަލަ، ރިވިއުކޮށް ދިނުމަށް އެދި އެ ކޯޓަށް ހުށަހެޅުމުންނެވެ.
ބުދަ ދުވަހު އަމީޒު މިނިވަންކޮށްފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނިކޮށް، ސިއްހީހާލު ގޯސްވެ ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނިކޮށެވެ.