Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

މަރަދޫ، މަރަދޫފޭދޫ އަށް އުދަ އަރަނީ

އައްޑޫ ސިޓީ ހަންކެޑެ ހިސާބަށް އުދައަރާފައިވާ މަންޒަރެއް

އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫފޭދޫ އަވަށަށް މިއަދު މެންދުރުން ފެށިގެން އުދަ އަރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މަރަދޫގައި ހިންގާ "ޗިލްބޭ" ރެސްޓޯރެންޓަށް އުދައިގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. އެގޮތުން އެ ރެސްޓޯރެންޓު ތެރެއަށް ލޮނުގަނޑު ވަދެގެން ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.

މީގެ އިތުރުން މަރަދޫއާއި މަރަދޫފޭދޫގެ ފުށްޓަރު ފަރާތުގައި ތިބި ގެތަކަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އެބަދެއެވެ.

އިއްޔެއާއި މިއަދު އައްޑޫގެ އެކި ހިސާބުތަކަށް ބޯކޮށް ވިއްސާރަ ކުރަމުންދާއިރު ދެކުނަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.