Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ސިރާޖު މިނިވަންކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މޫސާ ސިރާޖް ބަންދުން ދޫކޮށްލައިފިއެވެ.

ސިރާޖު ދޫކޮށްލާފައިވަނީ ބަންދަށް ޖެހި 6 ދުވަހުގެ މުއްދަތު ހަމަވަ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން، އިތުރަށް އޭނާ ބަންދުކޮށްފައި ބަހައްޓަން ނުފެންނަ ކަމަށް ގާޒީ ނިންމުމުންނެވެ.

ސިރާޖު ހައްޔަރުކޮށް ބަންދުކުރީ ރައީސް ޔާމީނާ ގުޅޭ ގޮތުން ދޮގު ޚަބަރު ފެތުރުމުގެ ތުހުމަތުގައެވެ. ކުރީގެ ނައިބު ރައީސް އަދީބުގެ ބަޔާނެއް ސިރާޖު އާންމުކުރީ އޭނާގެ މުވައްކިލަށް އަދާ ކުރަން ޖެހޭ ހައްގެއް އަދާ ކުރުމަށް ކަމަށް ސިރާޖުގެ ވަކީލުން ވަނީ ބުނެފައެވެ.

ސިރާޖު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޯޓު އަމުރަކާއެކު އެވެ.