Last Updated: July 6, 09:17
Sunday, July 6, 2025
ޚަބަރު

އިންތިހާބު ފޭރެން ރައްޔިތުން ފުރުސަތު ނުދޭނެ: ނިޒާރު

އިންތިހާބު ފޭރެން ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ނަތީޖާ ބާޠިލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑު ގަދަވެފައިވަނިކޮށް ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްހާސް ފަހަރު އިންތިހާބު ބޭއްވިއަސް މިރާއްޖޭގެ ރައީސަކަށް ދެން ޔާމީން އަބްދުލް ގައްޔޫމް ނުހޮވޭނެކަމަށާއި، އިންތިހާބް ފޭރެން ރައްޔިތުން ފުރުސަތު ނުދޭނެކަމަށެވެ.

"އިންތިހާބު ފޭރެން ރައްޔިތުން ފުރުސަތު ނުދޭނެ، ބަލި ގަބޫލްކޮށް ފަހަތަށް ޖެހެންވީ" ނިޒާރު ޓްވިޓަރގައި ވިދާޅުވިއެވެ.

އިލެކްޝަން ކަމިޝަނުގެ ރައީސަށް ބިރު ދައްކައި އިންތިހާބްގެ ދާއިމީ ނަތީޖާ އިއްލާން ކުރުން ފަސްކުރުމަށް ބާރު އަޅަމުންދާކަމުގެ އަޑު ގަދަވެފައިވަނިކޮށް ނިޒާރު ވިދާޅުވީ މިއީ އެންމެންގެވެސް ގައުމު ކަމަށެވެ.

ދައުލަތުގެ ވަސީލަތްތައް ހިތު ހުރި ގޮތަކަށް ބޭނުންކޮށްގެން ބޭއްވި އިންތިހާބުން ރައީސް ޔާމީން ބަލިވެފައިވަނީ ލަދުވެތި ގޮތަކަށެވެ.