Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

އަނިޔާވެރި ވެރިއެއްގެ ކުރިމަތީ ހައްގުބަސް ބުނުމަކީ އެންމެ މަތިވެރި ޖިހާދު: ޑރ. އިޔާޒް

އަނިޔާވެރި ވެރިއެއްގެ ކުރިމަތީ ހައްގުބަސް ބުނުމަކީ އެންމެ މަތިވެރި ޖިހާދު ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޖަލަށް ލެވުނީ ހައްގުބަސް ވިދާޅުވުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި އަނިޔާވެރިންގެ ޑީލްތަކަށް ފާޅުގައި ނޫނެކޭ ބުނުމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"އަނިޔާވެރި ވެރިއެއްގެ ކުރިމަތީ ހައްގުބަސް ބުނުމަކީ އެންމެ މަތިވެރި ޖިހާދުއެވެ. ޢިމްރާން އަބްދުﷲ ޖަލަށް ލެވުނީ ހައްގުބަސް ވިދާޅުވުމުގެ ސަބަބުންނެވެ. އަދި އަނިޔާވެރިންގެ ޑީލްތަލަށް ފާޅުގައި ނޫނެކޭ ބުނުމުންނެވެ. މާތްﷲ އިމްރާން އަބްދުﷲ އަށް ކެތްތެރިކަމާއި ސާބިތުކަން އިތުރުކޮށްދެއްވާށި. އާމީން." ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް އަކީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ޖެހިލުންވެވަޑައިގަތުމެއްނެތި ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.