Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލަ ތާވަލު ކޮށްފި

ފޮޓޯ: އަވަސް

ހަތަރު މެންބަރެއްގެ ގޮނޑި އިލެކްޝަން ކޮމިޝަނުން ގެއްލުވާލި މައްްސަލާގެ އަޑުއެހުންތައް ސްުޕްރީމް ކޯޓްގައި ތައާވަލް ކޮށްފި އެވެ.

ތާވަލް ކުރެވުނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑޭ) އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލުވާލި މައްސަލައެވެ.

އެގޮތުން ވައްޑޭގެ މައްސަލަ ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށެވެ. އަދި ސައުދުގެ މައްސަލަ ތާވަލް ކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 1:30 އަށެވެ. އަބްދުލް ލަތީފްގެ މައްސަލަ އަންގާރަ ދުވަހުގެ 10:30 އަށް ތާވަލް ކޮށްފައިވާއިރު، އަމީތުގެ މައްސަލަ ތާވަލް ކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 1:30 އަށެވެ.

ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން އެންމެ ފަހުން އިއްވި ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ، އެ މައްސަލާގައި އެކެއް ފެބުރުއަރީ އަމުރުގައި ހުރި ބައިތައް ސުޕްރީމް ކޯޓުން ބާތިލު ކުރާ ކަމަށެވެ. ނަމަވެސް 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކިވަކިން ސުޕްރީމް ކޯޓްގެ ބެންޗުން ބަލައި މަޖިލިސް މެންބަރުންގެ ގޮނޑިތަކާ މެދު ގޮތެއް ނިންމަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށް ވެސް ހުކުމުގައި ވެއެވެ.

މަޖިލިސް މެންބަރުންގެ ގޮނޑިތަކުގެ މައްސަލައިގައި ދުސްތޫރީ މައްސަލައެއް އުފެދިފައި އޮތް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ކުރާ ކަމަށްވެސް ހުކުމުގައި ވެއެވެ.