Last Updated: July 25, 13:25
Saturday, July 25, 2026
ޚަބަރު

ރައްޔިތުން ނޫނެކޭ ބުނެފަވާ އިރު އެމީހުން ރުޅިއެރުވުމަކީ ލަދުވެތިވާންޖެހޭ ކަމެއް: ޝެއިޚް އިލްޔާސް

ޝެއިޚް އިލްޔާސް ޙުސައިން

މިހާ ސާފު ސަރީޙަކޮށް ރައީސް ޔާމީން ޢަބްދުލްޤައްޔުމަށް ގިނަ ރައްޔިތުން ނޫނެކޭ ބުނެ އެ ރައްޔިތުންގެ ނިންމެވުން އިއްވެވީމަ ވެސް އެކަން ގަބޫލު ނުކޮށް ރައްޔިތުން ރުޅިއެރުވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއަޅާ ދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.

"މިހާ ސާފު ސަރީޙަކޮށް ރައީސް ޔާމީން ޢަބްދުލްޤައްޔުމަށް ގިނަ ރައްޔިތުން ނޫނެކޭ ބުނެ އެ ރައްޔިތުންގެ ނިންމެވުން އިއްވެވީމަ ވެސް އެކަން ގަބޫލު ނުކޮށް ރައްޔިތުން ރުޅިއެރުވުމަކީ ލަދުވެތިވާންޖެހޭ ކަމެއް. އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާ ރައްޔިތުންނާއި ގުޅުން ހުރި ކަންތައްތަކަށް ފާޑު ވިދާޅުވެ އެކަންތައް ރަނގަޅު ކުރުމަށް ނަސޭހަތްތެރިވުމަކީ ޝެއިޚް އިލްޔާސް އަބަދުވެސް ކުރައްވާ ކަމެކެވެ.