އިންޑޮނޭޝިއާގެ ސުލަވޭސީ ކައިރިއަށް 7.5 މެގްނިޓިޑިއުޑްގެ ބާރުމިނުގެ ބިން ހެލުމާއި ގުޅިގެން ރާއްޖެއަށް އެެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް (މެޓު އޮފީސް) އިން ބުނެފިއެވެ.
އިންޑިނޭޝިއާ ގަޑިން އިރުއޮއްސި 6:02 ގައި އާއި ބާރުގަދަ ބިން ހެލުމުގައި އެކަކު މަރުވެ 10 މީހަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ހަބަރު ފަތުރާ ވަސީލކަތްތަކުން މަުލޫމާތު ދެއެވެ.
ބިން ހެލުމުގައި ބައެއް ގެތައް ވެއްޓި ގެއްލުން ލިބިފައިވާ ކަމަށް މައުލޫމށތު ލިބެއެވެ.
މި ބިން ހެލުމާއި ގުޅިގެން އެއްވެސް ސުނާމީއެެއްގެ އަސަރު ނުކުރާކަމަށާއި ނަމަވެސް މިދުވަސްކޮޅު ރާއްޖެއަށް ވިއްސާރަ ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
.