Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

ޔާމީނާއެކު ޕީޕީއެމަށް މުސްތަޤްބަލެއް ނެތް: ނިޒާރު

އަލީ ނިޒާރު. ފޮޓޯ: މަޖިލިސް

ޔާމީނާއެކު ޕީޕީއެމަށް މުސްތަޤްބަލެއް ނެތް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ޕީޕީއެމް ވާދަވެރި، ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގާތަން ދެކެން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ސުވާލަކީ ޔާމީން އަކީ ސުލްހަވެރި، ވާދަވެރި ސިޔާސީ ހަރަކާތް ގަބޫލުކުރައްވާ ބޭފުޅެއްތޯ ނިޒާރު ވަނީ ސުވާލު ކުރައްވާފައެވެ.

އިތުރަށް ނިޒާރު ވިދާޅުވީ ސަތޭކަ ޕަސެންޓް ޔަގީންވާ ކަމަކީ ޔާމީންގެ އަމަލުން އެކަން ފެނިފައި ނުވާ ކަމަށެވެ.

ނިޒާރު ކުރެއްވި އިތުރު ޓްވީޓެއްގައި އޭނާ ވަނީ ސިޔާސީ މީހުން އެކަކު އަނެކަކު ހައްޔަރު ކުރުމަށް ނުގޮވުމަށް ގޮވާލާފައެވެ. އެއީ ހައްލެއް ނޫން ކަމަށާއި ތަހުގީގު ހިންގާ ފިޔަވަޅު އެޅުމަށް ގޮވާލުމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ އަޑު ފަސޭހަ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.