ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވިު ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަން ކަމިޝަނުން މިއަދު އިއްލާން ކޮށްފިއެވެ.
އިލެކްޝަން ކަމިޝަންގައި މިހާރު ކުރިއަށް ގެންދާ ނޫސް ކޮންފަރެންސްގައި އިލެކްޝަން ކަމިޝަންގެ ސެކެޓްރީ ޖެނެރަލް އިއްލާންކޮށްދެއްވި ނަތީޖާގައި ރައީސް އަބްދުﷲ ޔާމީނަށް ލިބި ވަޑައިގެންފައިވަނީ 96،052 ވޯޓެވެ.
އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. ބާޠިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.
ދާއިމީ ނަތީޖާ އިލެކްޝަނުން އިއްލާން ކުރެއްވި އިރު މި ނަތީޖާ ބަދަލުވެދާނެ ވަރުގެ ޝަކުވާއެއް އިލެކްޝަނަށް ލިބިފައި ނުވާކަމަށް އިލެކްޝަން ކަމިޝަންގެ ރައީސް ވިދާޅުވިއެވެ.