ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބް ކުރައްވާފައިވާ ކަމަށް އިލެކްޝަން އިއްލާން ކުރައްވައިފިއެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ އިއްލާންކޮށްފައިވާ އިރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންތިހާބް ކާމިޔާބް ކުރީ 134،705 ވޯޓުންނެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.