Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

"އަޅުގަނޑު ވާނީ ހުރިހާ ރައްޔިތުންގެ ރައީސަކަށް"

ދިވެހިރާއްޖޭގެ މުސްތަގްބަލް ހެޔޮ ގޮތުގައި ބިނާ ކުރުމުގެ ލިބިފައިވާ ކަމަށާއި ވާނީ ހުރިހާ ރައްޔިތުންގެ ރައީސަކަށްކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއްލާން ކުރެއްވި ފަހުން ކުރެއްްވި ޓްވީޓެއްގައި އިބޫ ވިދާޅުވީ ދިވެހި ރައްޔިތުން ދައްކުވައި ދިނީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ މުސްތަގްބަލް ހެޔޮ ގޮތުގައި ބިނާ ކުރުމުގެ ފުރުސަތު އޮތީ ލިބިފައި ކަމަށް ވެސް އިބޫގެ ޓްވީޓުގައިވެއެވެ.

"އަޅުގަނޑުވާނީ ހުރިހާ ދިވެހި ރައްޔިތުންގެ ރައީސަކަށް"

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބަށް ނިކުންނަވައި ވަރަށް ތަނަވަސް އައުލަބިއްޔަތުން އިބޫ އިންތިހާބު ކާމިޔާބު ކުރެއްވި އިރު ހޯއްދެވި ވޯޓުގެ އަދަދަކީ ރާއްޖޭގެ ރިކޯޑެކެވެ. އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.