Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

"ރައްޔިތުންގެ ނިންމެވުމާއި އެކު އިންސާފާއި ހަމަހަމަކަން ގާއިމް ކުރުމުގެ އުއްމީދު އާވެއްޖެ"

ރައްޔިތުންގެ ނިންމެވުމާއި އެކު އިންސާފާއި ހަމަހަމަކަން ގާއިމްކުރުމުގެ އުއްމީދު އާވެގެން ހިނގައްޖެކަމަށް އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު ހެނދުނު އިލެކްޝަނުން އިއްލާން ކުރުމާއި ގުޅިގެން ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފާއި ހަމަހަމަކަން ގާއިމް ކުރުމަށް މި ލިބުނީ ވަރަށް ފުރިހަމަ ފުރުސަތެއް ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރަނިންމޭޓަކަށް ނެރުއްވި ފައިސަލް އާއި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ މައިގަނޑު ވައުދަކީ ރާއްޖޭގައި އިންސާފު ގާއިމް ކުރުމެވެ.

"އިންސާފުގެ މަގަށް" ރާއްޖެ ގެނެސް ދެއްވާނެކަމުގެ ވައުދު ދެބޭފުޅުންވެސް ވަނީ އެތައް ފަހަރު ތަކުރާރު ކުރައްވާފައެވެ.

ރިޔާސީ އިންތިހާބަށްފަހު ރައީސް އާއި ނައިބް ރައީސް ހުވާ ކުރައްވާނީ ނޮވެމްބަރ 17 ވަނަ ދުވަހުއެވެ.