Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ޔާމީން ގަޓުހުރި ނަމަ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ: ޑރ. އިޔާޒް

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ވަރަށް ގިނަ ބަޔަކަށް އަނިޔާތަކާއި ގެއްލުން ލިބިފައި ކަމަށާއި، އެހެން ކަމުން އެ މަނިކުފާނު ގަޓުހުރި ނަމަ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަތުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެެއްޖެއެވެ.

ޑރ.އިޔާޒް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވެރިކަމުން ފައިބާ ވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންގެ ކިބައިން މާފަށް އެދުން ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށެވެ.

ރައްޔިތުން ވަނީ ނިންމުން ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވަނީ ގިނަ އަދަދެއްގެ ވޯޓު ދެއްވުމަށްފަހު ބޮޑު ތަފާތަކުން ރައްޔިތުން ބޭނުންވާ ކެންޑިޑޭޓް ކުރިޔަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރައްވާފައެވެ. މިއަދު ވޯޓުގެ ދާއިމީ ނަތީޖާ އިލެކްޝަނުން ވަނީ ހާމަކުރައްވާފައެވެ. އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) އަކީ ޕްރެޒިޑެންޓް އިލެކްޓްއެވެ.