Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

5،000 އަށްވުރެ ގިނަ ކުދިންނާއެކު އޯލެވެލް އިމްތިޙާން ފަށައިފި

ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ - ފޮޓޯ: ޓްވިޓާ (ޝަރަފުއްދީން ސްކޫލް)

މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ފަށައިފި އެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 5،802 ދަރިވަރުން ބައިވެރިވާއިރު، އެސްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 5،303 ދަރިވަރުންނެވެ.

މިއަދު ފެށި މި އިމްތިހާނު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ މެދުތެރޭގައެވެ.

މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި 5،802 ދަރިވަރުން ބައިވެރިވިއިރު މިއީ ކުރީ އަހަރާއި އަޅާ ބަލާއިރު މަދު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނުގައި 7،125 ދަރިވަރުން ބައިވެރިވިއެވެ.