ސްޕެނިޝް ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ދަށް ކުޅުނު ދުނިޔޭގެ ލޯތަކަށް އަމާޒުވެ ކޯޗުންނަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
އެގޮތުން ރޭ އެތްލެޓިކް ކުލަބާ ދެކޮޅަށް ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވަނިކޮށް ފައިދާ ނަގަން ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު މެޑްރިޑް ޑާބީގައި ނަގާލާފައިފިއެވެ. ރެއާލް ދަނޑުގައި ކުޅުނު މިމެޗު ނިމިގެން ގޮސްފައިވަނީ 0-0 އެއްވަރުވެ އެތްލެޓިކޯއަށް ވެސް ޕޮއިންޓަކާއެކުގައެވެ.
ބާސާ މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ގޯލު ޖަހައި ލީޑު ނެގީވެސް އެތްލެޓިކް ކުލަބުންނެވެ. ޑި މާކޮސް ޖެހި ގޯލު ބާސާއަށް އެއްވަރުވެފައިވަނީ 84 ވަނަ މިނެޓުގައެވެ. އެލަނޑު ޖަހާފައިވަނީ މިއުނިއާ އެވެ.
މިއީ އެންމެ ފަހަކަށް ބާސާ ކުޅުނު ތިން މެޗުން އެޓީމަށް ލިބުނު ދެވަނަ ޕޮއިންޓެވެ. އެންމެ ފަހަކަށް ކުޅުނު މެޗުން ބާސާ ބަލިވެފައިވަނީ ލެގަނެސް އަތުން 1-2 އިންނެވެ. ރެއާލް އެންމެ ފަހަކަށް ކުޅުނު މެޗުން 0-3 އިން ސެވީއާ އަތުން ބަލިވެފައިވާއިރު ބާސާ ވަނީ އޭގެ ކުރީ މެޗުން 2-2 އިން ޖިރޯނާއަތުން އެއްވަރުވެފައެވެ.
ލީގު ތާވަލުގައި މިހާރު ބާސާއާ ރެއާލް، ދެޓީމަށް ވެސް ލިބިފައިވަނީ 14 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ ބާސާއަށެވެ. ތިންވަނައިގައި ސެވީއާ އޮތީ 13 ޕޮއިންޓާއެކުއެވެ. އަދި އެތްލެޓިކޯ ހަތަރުވަނައިގައި އޮތީ އެއް ޕޮއިންޓު ފަހަތުން 12 ޕޮއިންޓު ލިބިގެންނެވެ.