Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އެމްއާރްއެމް މެމްބަރުން މިއަދުވެސް ކަރެކްޝަނަށް

ރައީސް މައުމޫންގެ ފަރާތުން ކަރެކްޝަންސް އަށް ވަޑައިގެންނެވި ބޭފުޅުން؛ ފޮޓޯ - ޓްވިޓާ

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޖަލު ބަންދުން ދޫކުރަން ޖެހޭ ކަމަށް ބުނެ މެޑިކަލް ބޯޑުން ނެރުނު ބަޔާން ތަންފީޒު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް އިން ދެކޮޅު ހަދަމުންދާތީ މައުމޫން ރިފޯމް މޫވްމަންޓުގެ އިސް މެމްބަރުން މިއަދުވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް، ޝިހާން އާ ބައްދަލުކުރަން ކަރެކްޝަންސް އޮފީހަށް ގޮސްފިއެވެ.

ކަރެކްޝަންސްގެ މާލެ އޮފީހަށް ރައީސް މައުމޫންގެ އަނބިކަނބަލުންނާއި އާއިލާގެ ބައެއް މެމްބަރުން ވަނީ މީގެ ކުރިންވެސް ވަޑައިގެން، މެޑިކަލް ބޯޑުން އެންގި އެންގުމަށް އަމަލު ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް މައުމޫން ރިފޯމް މޫވްމަންޓުން ބުނެފައިވެއެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެ އެކަހެރިކޮށް ހުރުމުން ނުރައްކާތެރި ކަމަށް މެޑިކަލް ބޯޑުގެ ނިންމުމުގައި ބުނެފައިވާއިރު އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެކި ފަހަރު މަތިން އާއިލާއިން ވަނީ އެދިފައެވެ. އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް އެމަނިކުފާނުގެ އާއިލާއިން ވަނީ މިމައްސަލައާ ގުޅިގެން ބައްދަލުކުރައްވާފައެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ފެބްރުއަރީ ފަސް ވަނަ ދުވަހު ރައީސުލް ޖުމުހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހުގައެވެ. އަދި އެފަހުން ކުރި ތަހުގީގަށް އެއްބާރުލުން ނުދީ، ތަހުގީގަށް ފޯނު ނުދިނުމުން 10 މަސް ދުވަހުގެ ޖަލު ހުކުމެއް މައުމޫނަށް ވަނީ އިއްވާފައެވެ.