Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ވަޅަކަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ހއ. އުލިގަމުގައި ކޮނެފައި ހުރި ވަޅަކަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށުގެ ނަރުދަމާ އެޅުމަށް ކޮނެފައިވާ ވަޅުގަނޑަށް ވެއްޓި މަރުވެފައިވަނީ އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ސަދުން ނަމަކަށް ކިޔާ މީހެކެވެ.

އޭނާ މަރުވެފައިވަނީ އުތީމު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ދިއްދޫއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.