Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ލިޔެ ކިއުމެއް ނައްތާނުލަން: ފެނަކަ

ފެނަކަ އެމްޑީ ލައްމާން،

ފެނަކަ ކޯޕަރޭޝަންގެ އެއްވެސް ލިޔެ ކިއުމެއް ނައްތާ ނުލާކަމަށް އެެކުންފުނިން ބުނެފިއެވެ.

ނިމިގެން ދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 5ގެ ފަހުން މުވައްޒަފުން އޮފީހުގައި ނުތިބެ ސައިން އައުޓު ކުރުމަށް ނެރުނު މެމޯ އަކާއި ގުޅިގެން ގިނަ ތުހުމަތު ތަކެއް ކުރަމުން ދަނިކޮށް މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާން ވިދާޅުވީ ފެނަކައިން ނައްތާލަން ޖެހޭ ލިޔެ ކިއުމެއް ނުހުންނާނެކަމަށެވެ.

ފެނަކަ ކޯޕަރޭޝަން އަކީ ނިމިގެން ދިޔަ ރިޔާސީ އިންތުހާބުގެ ކެމްޕެއިނަށް މުވައްޒަފުންނާއި ވަސީލަތް އެކި ގޮތް ގޮތުން ބޭނުން ކުރި ކުންފުންޏެކެވެ. އެކުންފުނީގެ އިސްވެރިންނަށް ތަނުގެ މުވައްޒަފުންވެސް ދަނީ އެކި ތުހުމަތުތައް ކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން އެތަނުގެ ލިޔެކިއުމެއް ނައްތާނުލާނެކަމަށް ބުނެފައިވާ އިރު އެންޓި ކަރަޕްޝަން ކަމިޝަނާއި އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ވަނީ އެެއްވެސް އޮފީހެއްގެ އެއްވެސް ލިޔެ ކިއުމެއް ނައްތާނުލުމަށް އަންގާފައެވެ.