Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

މައުމޫން، ގާސިމް، ފާރިސް މިނިވަން ވުމަކީ ގައުމަށް ލިބުނު ހަމަޖެހުމެއް: ފައިސަލް

ކަފާލާތުގެ ދަށުން ނަމަވެސް ރައީސް މައުމޫން އާއި ގާސިމް އިބްރާހިމް އަދި އަހުމަދު ފާރިސް މައުމޫން މިނިވަންވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެއްކަމަށް ރާއްޖޭގެ އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އާއި ޝެއިހް އިމްރާން މިނިވަންކޮށް ނުހައްގުން ޖަލުގައި ތިބި އެންމެހާ ރައްޔިތުން ދޫކޮށްލުމަށް ގޮވާލާކަމަށެވެ.

ހައިކޯޓުން މިރޭ ވަނީ ކުރީގެ ރައީސް މައުމޫން އާއި ގާސިމް އިބްރާހިމް އަދި ފާރިސް މިނިވަންކޮށްފައެެވެ.

މައުމޫން އާއި ފާރިސް މިނިވަން ކުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެންދެރިމާގެ ހިމެނޭ ސަރަހައްދަށް އެއްވެފައެވެ. ގާސިމް މިނިވަން ވުމާއި އެކު އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން މިހާރު ވަނީ އިއްލާން ކުރައްވާފައެވެ.