Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ހަފްތާއެއް ނުވަނީސް އަލްހާން، ރައީސް ޔާމީން ދޫކޮށް އިބޫއަށް ބައިއަތު ހިފައިފި!

ފޭދޫ ދާއިރާގެ ކުރީގެ މެންބަރ އަލްހާން ފަހުމީ

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ބައިއަތު ހިފައި، އެމަނިކުފާނު ހޮވުމަށް ކެމްޕޭނުކުރި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ، ރައީސް ޔާމީން އިންތިޚާބުން ބަލިވިތާ ހަފްތާއެއް ވީއިރު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ކަން އިއުލާން ކޮށްފިއެވެ.

އަލްހާން ވަނީ އިބޫ ސޯލިހްއަކީ އޭނާގެ "ޑްރީމް ޕްރެޒިޑެންޓު" ކަމަށް މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައެވެ. އަދި އިބޫއަކީ ރައީސް ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައިން އޭނާ ރާއްޖޭގެ ރައީސްކަމުގައި ހުންނަން އުއްމީދު ކުރި ބޭފުޅާ ކަމަށް އަލްހާން ވިދާޅުވިއެވެ.

ނަމަވެސް އަލްހާން ފަހުމީ ވަނީ 2018 ގައި އަމިއްލައަށް ރިޔާސީ އިންތިޚާބަށް ވާދަ ކުރަން ނިންމަވައި "އަލްހާން 2018" ގެ ނަމުގައި ކެމްޕޭނުވެސް ކޮށްފައެވެ. ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމަނިކުފާނުގެ ބަދަލުގައި އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނިކުތުމަށް އެންމެ ރަނގަޅީ އަލްހާން ކަމުގައި ދެކިގެން ސޯޝަލް މީޑިޔާގައި ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅުންގެ ތެރޭގައި އަލްހާން ހިމެނެއެވެ.