Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ޕޮލިސް ކޮމިޝަނަރަކަށް ހަމްދޫން އައްޔަންކޮށް، ނަވާޒް އެންވަޔަރޮމެންޓް މިނިސްޓްރީއަށް

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު، އެސިސްޓެންޓް ކޮމިޝަނަރ ހަމްދޫން ރަޝީދު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ ހަމްދޫން ރަޝީދު މިމަގާމަށް އައްޔަން ކުރެއްވުމަށް ފެބްރުއަރީ އެކަކަށް ފަހު މަގާމު ފުރުއްވި އެކްޓިން ސީޕީ އަބްދުﷲ ނަވާޒު ވަނީ އެންވަޔަރޮމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ އޭރު ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފް، ފޯނަށް ޖަވާބު ނުދެއްވާތީ މަގާމުން ވަކިކުރައްވާފައެވެ. އަދި އަރީފް ވަކިކުރުމަށް ފަހު އަރީފްގެ ދަށުން އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި ސައުދީ މަގާމަށް އައްޔަން ކުރެއްވިއެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ ސައުދީވެސް މަގާމުން ދުރުކުރުމަށް ފަހު ވަގުތީ ގޮތުން ކޮމިޝަނަރުގެ މަގާމަށް އަބްދުﷲ ނަވާޒް އައްޔަން ކޮށްފައެވެ. ނަވާޒު މަގާމުން ދުރުކުރުމަށް ފަހު މިއަދު ހަމްދޫން ރަޝީދު މަގާމަށް އައްޔަން ކޮށްފައިވާއިރު ހަމްދޫނަކީ ފުލުހުންގެ ބޮޑެތި ތަހުގީގުތައް ލީޑު ކުރެއްވި ބޭފުޅެކެވެ.