Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އިންޑިއާ ސަފީރާއި އިބޫ ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

އިބޫ މިޝްރާ އާއި ބައްދަލުކުރެއްވި އިރު އިންތިހާބް ކާމިޔާބް ކުރެއްވުމާއި ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން ގުޅުއްވައި އިބޫއަށް މަރުހަބާ ދަންނަވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖެ ދެމެދު ގުޅުންވަނީ ހީނަރުވެގެން ގޮސްފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ދިން ދެ ހެލިކެޕްޓަރ ފޮނުވާލުމަށްވެސް ސަރުކާރުން ނިންމިއެވެ. އަދި އިންޑިއާގެ ޖީއެމްއާރު ކުންފުނި ބޭރު ކުރުމުގެ އިތުރުން ޓާޓާއިން އަޅަމުންދިޔަ ފްލެޓު އެޅުމުގެ މައްސަލަ ވެސް ކުރިމަތިވިއެވެ.

އިބޫގެ ވެރިކަމެއްގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެގެންދާނެކަމަށް ގަބޫލް ކުރާކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.