Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އިންތިޚާބީ ރައީސް އިބޫ، ފާރިސް އާއި ބައްދަލުކުރައްވައިފި

އިބޫ، ފާރިސް އާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ފާރިސް އާއި އިބޫ މިއަދު ބައްދަލުކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަތިގަޑަކަށް ހައްދަވައި، ކޯލިޝަން އުފައްދައި ދެމެހެއްޓެވީ އިބޫ ކަމަށް ފާރިސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ފަރުދާގެ ފުރަގަހުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވީ އިންތިޅާބީ ރައީސް އިބޫ ކަމަށާއި، ކޯލިޝަން ދެމެހެއްޓުމަށް އިބޫ އިސް ދައުރެއް އަދާ ކުރެއްވި ކަމަށެވެ.

އަދި ޤައުމު ހަމަމަގަށް އެެޅުވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެކު ދެގޮތެއް ނުވެ ސާބިތުކަމާއި އެކު ދެމި ހުންނަވާނެ ކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ކަފާލާތުގެ ދަށުން ފާރިސް މިނިވަންކޮށްފައި ވަނީ އިއްޔެ އެވެ. ފާރިސް ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން ނިންމަވާފައިވަނީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު 40،000 ރުފިޔާ ބެހެއްޓުމުންނެވެ.