Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ހިޔާ މަޝްރޫއު އޭސީސީން މަޑުޖައްސުވައިފި

ރައީސް ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހި ކަމުގެ މަޝްރޫއު "ހިޔާ"ގެ ފޯމު ބަލައިގަތުން މަޑު ޖައްސާލުމަށް އެެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.

ހައުސިން މިނިސްޓްރީން ހިޔާ މަޝްރޫއުގެ ފޯމު ބަލައިގަތުން މިއަދު ހުއްޓުވި އިރު 25،000 ވުރެ ގިނަ ފަރާތްތަކުން ފްލެޓު ހޯދުމަށް އެދި ވަނީ ފޯމު ހުށަހަޅާފައެވެ.

އޭސީސީން ބުނީ ހިޔާ މަޝްރޫއު ހުއްޓާލަން އެންގީ އެމަޝްރޫއާއި ގުޅޭ ޝަކުވާތަކެއް ލިބި މައްސަލަ ބަލަމުންދާތީ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ދެ ދުވަހަށް ވެފައިވަނިކޮށް ސަރުކާރުން ބޭއްވި ހަފްލާއެއްްގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން ފްލެޓުތަކަށް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.