Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

50 އެއްހާ މީހުންނާއި އެކު ޕީޕީއެމުން މުޒާހަރާއަށް ނިކުމެއްޖެ

ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލިކަމަށް ބުނެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ޔާމީން ފެކްޝަނުން ބާއްވާ މުޒާހަރާ 50 އެއްހާ މީހުންނާއި އެކު ފަށައިފިއެވެ.

މާލޭގައި ހުންނަ ޕީޕިއެމްގެ އޮފީސް ކުރިމަތިން މި މުޒާހަރާ ފެށިއިރު ފުލުހުންގެ ފަރާތުން ހުއްދަ ހޯދާފައި ނުވެއެވެ.

ސުލުހަވެރިކަމާއި އެކު އެއްވެ އުޅުމަށް ޤާނޫނު އަސާސީން ލިބިދޭ ހައްގު ހަނިކުރުމަށް ޤާނޫނަށް އިސްލާހު ގެނެސް މާލޭގައި އެއްވުން މަނާކުރީ ޕީޕީއެމްގެ ވެރިކަމުގައެވެ.

ޕީޕިއެމުން ގެނައި އިސްލާހާއި އެކު މާލޭގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަހައްދުގައެވެ. އަދި މުޒާހަރާ ކުރާނަމަ އެކަމަށް ދުރާލައި ފުލުހުންގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް މީގެ ކުރިން ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ތަފްސީލް އަންނަނީ…