Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޔާމީނަށް ތާއީދު ނުލިބުމަކީ ޝަރީފްގެ މައްސަލައެއް ނޫން: ސައުދު

ފޮޓޯ: މިހާރު

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނުލިބުމަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ މައްސަލައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރީފް ފްރޭމް ނަތީޖާއާއި މެދުގަ ރައްޔިތުންގެ ހިތުގަ ސުވާލު އުފައްދާ އިންތިޚާބު ޖަހައިގަންނަން ރައީސް ޔާމީން ހިތަށްވެސް އަރުވައިގެން ނުވާނެ ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނުލިބުމަކީ ޝަރީފްގެ މައްސަލައެއް ނޫން . ޝަރީފް ފްރޭމް ކޮށްގެން ރިޔާސީ އިންތިޚާބުގެ ނަތީޖާއާއިމެދު ރައްޔިތުންގެ ހިތްތަކުގަ ސުވާލު އުފައްދާ އިންތިޚާބު ޖަހައިގަންނަން ރައީސް ޔާމީން ހިތަށް ވެސް އަރުވައިގެން ނުވާނެ. ހަމަހިލާ އެކަމެއް ނުވާނެ" ސައުދު ވިދާޅުވިއެވެ.