Last Updated: July 28, 17:20
Tuesday, July 28, 2026
ޚަބަރު

ޓިނުނަގައިގެން ވަދެ ފުވައްމުލަކު ޕެޓްރޯލް ޝެޑުގެ ތިޖޫރީ ވަގަށް ނަގައިފި

ފުވައްމުލަކު ސިޓީގެ މަންޒަރެއް މަތިން ނަގާފައި - ފޮޓޯ: ގޫގުލް

ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އީޒީފިލް ޕެޓްރޯލް ޝެޑްގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޓްރޯލް ޝެޑްގެ ތިޖޫރީ ނަގާފައިވަނީ ރޭ ދަންވަރު ވަގުތެއްގައި އެތަނުގެ ފުރާޅު ޓިނު ނައްޓައިގެން ވަދެއެވެ. ތިޖޫރީ ވަގަށް ގެންގޮސްފައިވާ އިރު އެތީޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާކަން ސާފެއް ނުވެއެވެ.

މައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު އިތުރު އެެއްވެސް ތަފްސީލެއް ހާމަ ނުކުރެއެވެ.