Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ގައުމު ދެކެ ލޯބިވާ މީހުން މުޒާހަރާއަށް ނިކުތީ: ރައީސް ޔާމީން

ވޯޓު އޮޅުވާލިކަމަށް ބުނެ ބޯ ވާރޭގައި ނިކުމެ މުޒަހަރާ ކުރި މީހުންނަކީ ގައުމު ދެކެވާ ލޯބިން ނިކުތް ބައެއްކަމަށް އިންތިހާބުން ނާކާމިޔާބުވި މިހާުގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރުން ރިޝްވަތު ނަންގަވައި އިންތިހާބު އޮޅުވާލިކަމަށް ބުނެ ރޭ ޕީޕީއެމްއިން ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވިދާޅުވީ ގައުމީ މުހިއްމު މައްސަލަތަކުގައި ހުރިހާ ޕާޓީތަކުގެ ލީޑަރުން އެއްގަލަކަށް އަރުއްވަން ޖެހޭ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެވުނު ގޮތް ބަލަން ޖެހޭ ކަމަށެވެ.

ޔާމީން ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ނަތީޖާ ނިކުތުމުން އެބޭފުޅުން މަޑުން ތިއްބެވި ނަމަވެސް ބޭއިންސާފު ލިބުނު ފަރާތްތަކުން އަޑު އުފުލާނެކަމަށެވެ.

އަދި މިވިއްސާރައިގައި އަޑު އުފުލަން ނިކުމެ މިތިބީ ގައުމު ދެކެބ ލޯބިވާ މީހުން ކަމަށެވެ.

ރިޔާސީ އިންތިހާބު އޮޅުވާލިކަމަށް ބުނެ ރައީސް ޔާމީނާއި އެކު ރޭ މަގުތަކަށް ނިކުމެފައިވަނީ މަދު ބައެކެވެ. މާލެ މަގުތަކަށް އެއް ނުވެވޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އައްލަބިއްޔަތު ބޭނުންކޮށް ގާނޫނު ހަދައި ފާސްކޮށްގެން ތިއްބާ ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން އިންޒާރު ދިނެވެ. ފުލުހުން އިންޒާރު ދެއްވި އިރު ރައީސް ޔާމީން ގެންދެވީ އެއްްވި މީހުންނާއި މުޙާޠަބުކޮށް މުޒާހަރާ ކުރުމަށް ހިތްވަރު ދެމުންނެވެ.