Last Updated: July 25, 09:20
Saturday, July 25, 2026
ޚަބަރު

ކަޅު ފައިސާ އާއި ނުފޫޒުގައި ދުވަހަކުވެސް ނުޖެހޭނަން: އަކްރަމް

ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް -- ފޮޓޯ: މުހައްމަދު ޝަރުހާން. ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންތައްތައް ކުރިޔަށް ގެންދިޔައީ ﷲގެ ވާގިފުޅާއެކު ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އިރާދަ ކުރެއްވިއްޔާ ކަޅު ފައިސާ އާއި ނުފޫޒުގައި ދުވަހަކުވެސް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ގާނޫނާއި ޚިލާފު ނުވާނެ ކަމަށެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ ރައީސް ޔާމީން ގަބޫލުކުރެއްވިތާ އެއް ހަފުތާ ފަހުން ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ހޯމަ ދުވަހުގެ ރޭ ވަނީ މުޒާހަރާކޮށްފައެވެ. އިންތިހާބު ބާތިލްކޮށް ދެ ފުށް ފެންނަ އިންތިހާބަކަށް ދާންޖެހޭ ކަމަށް ޕީޕީއެމުން ބުނެފައިވާއިރު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ކުރިއަށްދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.