Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ހަތަރު އަހަރަށް ފަހު މަހްލޫފު ޕާޓީއަކާއި ގުޅެނީ!

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ސިޔާސީ ޕާޓީއަކާއި ގުޅުމަށް ނިންމާފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ވަކިވެ މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި މަހްލޫފު ސިޔާސީ ޕާޓީއަކާއި ގުޅޭއިރު އަދި އޭނާ ގުޅެނީ ކޮން ޕާޓީއަކާއި ކަމަށް ބުނެފައި ނުވެއެވެ.

ތަފާތު ދައުވާ އުފުލައި ގިނަ ދުވަސްތަކެއް ވަންދެން ގޭ ބަންދުގައި ހުންނެވި މަހްލޫފު ދާދި ފަހުން ވަނީ އެމްޑީޕީ އާއި ރައިސް ނަޝީދުއަށް ތާއިދުކޮށް ވާހަކަ ދައްކަވާފައެވެ. މަހްލޫފު ސިޔާސީ ދާއިރާއަށް ނެރެދެއްވާފައިވަނީ ރައީސް މައުމޫންއެވެ. ޕީޕީއެމްއިން ވަކިވެ ހުންނެވި ނަމަވެސް މަހްލޫފު އަބަދުވެސް ރައީސް މައުމޫންއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރެއްވިއެވެ.

އެހެންކަމުން މަހްލޫފު މައުމޫން އާއިއެކު އަލުން ސިޔާސީ މަސައްކަތްތަކުގައި އުޅުއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޖެހިލުމެއް ނެތި ހައްގަށް ވަކާލާތު ކުރެއްވި މަހްލޫފު ހައްޔަރުވަންދެން ހުންނެވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފެއްދި އެމްޔޫއޯގެ ތަރުޖަމާނަކަށެވެ.