Last Updated: June 10, 17:47
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ޒަންޖީރު" ގެ ޝޫޓިން ނިންމައިފި

މީގެ 40 އަހަރު ކުރިން ނިކުތް ކާމިޔާބް ފިލްމް "ޒަންޖީރު" އަސްލަކަށް ބަލައިގެން ހަދާ އާ "ޒަންޖީރު" ގެ މަސައްކަތް ނިންމައިފި އެވެ.

ކުރީގެ ފިލްމްގައި އަމީތާބް ކުޅުނު ރޯލް ކުޅެނީ އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ އެކްޓަރެއް ކަމަށްވާ ރާމް ޗަރަން ތޭޖާ އެވެ. އަދި ޖާޔާ ބައްޗަން ކުޅުނު ރޯލުން ޕްރިޔަންކާ ޗޯޕްޅާ ފެނިގެންދާ އިރު، ޕްރާން ކުޅުނު ރޯލުން ފެނިގެން ދާނީ މިހާރު ޖަލަށް ދާން ތައްޔާރުވަމުން އަންނަ ސަންޖޭ ދަތު އެވެ.

"ޒަންޖީރާ" ބެހޭ ގޮތުން ޕްރިޔަންކާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ ފިލްމްގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށެވެ. މި ފިލްމްގައި ޕްރިޔަންކާގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއްގެ އިތުރުން އޭނާގެ ވަރަށް ހާއްސަ އައިޓަމް ލަވައެއް ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ "ޒަންޖީރު" ސިނަމާތަކަށް އަންނާނީ ޖޫން މަހުގެ ތެރޭގަ އެވެ.