Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

މޯދީ، ރައީސް މައުމޫން އަށް ގުޅުއްވައިފި

އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރަ މޯދީ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަށް ފޯނުން ގުޅުއްވައި ހިތްވަރުދެއްވައިފި އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މޯދީ އެމަނިކުފާނަށް ގުޅުއްވައި ރާއްޖޭގެ ޑިމޮކްރެސީއަށް ދެއްވި އެހީތެރިކަމާއި ހިތްވަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި އެމަނިކުފާނާމެދު މޯދީ ގެންގުޅުއްވާ ގާތްކަމަށް ވެސް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރައީސް މައުމޫން އާއި މޯދީ އާއި ދެމެދު ދެކެވުނު ވާހަކަތަކުގެ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

މޯދީ ވަނީ މީގެ ކުރިން އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ވެސް ގުޅުއްވައި އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ އަށް މަރުޙަބާ ވިދާޅުވެފަ އެވެ.