Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޕީޕީއެމްއިން މުޒާހަރާ ކުރަނީ ރައްޔިތުންނަށްޓަކައި!

ޕީޕީއެމް މަޖްލިސް މެމްބަރުންތަކެއް، މާޔޫސްވެފައި، ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޕީޕީއެމްއިން މުޒާހަރާ ކުރަނީ ރައްޔިތުންނަށްޓަަކައިކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ އިލެކްޝަން ކަމިޝަނާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އިއްވަން ޖެހޭކަމަށާއި އެ ޝަކުވާ ޕާޓީ އޮފީހަށް ލިބެމުން އަންނަ ކަމަށެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު އާއި ކޮމިޝަންގެ މެމްބަރުންނަށް ތަފާތު ތުހުމަތުތަކެއްކޮށް ޕީޕީއެމްއިން މިހާރު ދަނީ ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެން މަޑުކޮށްލައިގެންތިބީ އެހެންނަމަވެސް މިހާހިސާބަށް ކަންތައްތައް އައިސް އޯޑިއޯތައް ލީކުވެ ކަންތައްތައް ދިޔައީމަ އަޅުގަނޑުމެން މި ބަސްބުނަނީ. މިވަހަކަތައް ދައްކަންފެށީމަ ކޮޕްލޭއިންޓްސް ބިއުރޯ ވެސް އުވާލީ."

ނިހާން ވިދާޅުވީ މިވާހަކަ ނުދައްކައި ތިބެގެން ނުވާނެކަމަށާއި އެންމެ ފުރަތަމަ އިންތިހާބު މިނިވަން ނޫންކަމަށް ބުނީ އެމްޑީޕީންކަމަށެވެ. އަދި މިއަދު ނަތީޖާ އެމްޑީޕީ ބޭނުން ގޮތަށް ނިކުތުމުން އެވާހަކަ ނުދައްކައި ތިބެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޕީޕީއެމްއިން ބޭނުންވި ބަޔަކު ބައިތިއްބައިގެން ބޭއްވި އިންތިހާބުން ރައީސް ޔާމީން ބަލިވި ބަލިވުން ރައީސް ޔާމީނަށާއި ޕާޓީގެ ލީޑަރޝިޕްގެ ބައެއް ފަރާތްތަކަށް ހަޖަމު ނުކުރެވިގެން އުޅޭކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ރައިސް ޔާމީން އިސްވެ ހުންނަވައިގެން މުޒާހަރާއަށް ގޮވާލުމުންވެސް ނިކުންނަނީ މަދު ބައެކެވެ.