ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް މިއަހަރު ފޮނުވާނީ އިދިކޮޅު އިއްތިހާދުން ފޮނުވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިފަހަރު ފޮނުވާނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އިދިކޮޅު ކޯލިޝަންގެ ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓު ތައްޔާރުކުރުމަށް މިމަސް ނިމުމުގެ ކުރިން ފިނޭންސަށް ބަޖެޓު ފޮނުވާދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން މުނައްވަރު ވިދާޅުވެފައިވަނީ ދެން އަންނަ ސަރުކާރަކަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެފަރާތުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބަޖެޓުގައި ހިމަނަން ބޭނުންތައް ހިމަނައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އިދިކޮޅުން ހުށައަޅާ ބަޖެޓަށް އެއްވެސް އުނި އުތުރެއް ނުގެނެސް މަޖިލީހަށް ހުށައަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.