Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

މެމްބަރުންގެ ބައި އިލެކްޝަން އީސީން މަޑުޖައްސާލައިފި

ގޮނޑި ގެއްލުނު ބައެއް މެމްބަރުން:

ޕީޕީއެމް އިން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރަމުންދިޔަ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ބައި އިލެކްޝަންސް، ސުޕްރީމް ކޯޓުން މައްސަލައިގެ ވަކި ގޮތެއް ކަނޑައަޅަންދެން އީސީން މަޑުޖައްސާލައިފިއެވެ.

އީސީން މިގޮތަށް ނިންމާފައިވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލި ބައި އިލެކްޝަން 2017 ވަނަ އަހަރު ބާއްވާނެ ކަމަށް އިއުލާން ކުރުމަށް ފަހުއެވެ. ނަމަވެސް މެމްބަރުން ވަނީ ގޮނޑި ގެއްލުވާލާނެ ޖާގައެއް ނެތް ކަމަށާއި މަޖިލީހުން ބިލް ފާސްކުރުމުގެ ކުރިން ޕީޕީއެމުން އެ މެމްބަރުން ތިބީ ވަކި ވެފައި ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށައެޅިއެވެ.

އެ މައްސަލައަށް އެއް އަހަރު ވެފައިވާއިރު ވެސް އަދިވެސް މައްސަލައިގެ ހުކުމް އިއްވާފައެއް ނުވެއެވެ. ނަމަވެސް ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޓޯުން ވަނީ އެއްވެސް މެމްބަރެއްގެ ގޮނޑިގެއްލިފައި ނުވާ ކަމަށް ހުކުމް އިއްވާފައެވެ.