Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ޕީޕީއެމްގެ ގާނޫނީ ރައީސަކީ މައުމޫން، ޔާމީންގެ ރައީސްކަން ގެއްލިއްޖެ!

ރައީސް މައުމޫން އާއި ރައީސް ޔާމީން

ޕީޕީއެމްއިން ބޭއްވި ކޮންގްރެސް އިލެކްޝަނުން ބަލައި ނުގަތުމާއި ގުޅިގެން ޕީޕީއެމްގެ ރައީސްގެ މަގާމު ރައީސް އަބްދުﷲ ޔާމީނަށް ގެއްލިއްޖެއެވެ.

ޕީޕީއެމްގެ ރައީސްކަން ޔާމީނަށް ގެއްލުނު އިރު އަދިވެސް އެޕާޓީގެ އިންތިހާބީ ރައީސަކީ ރައީސް މައުމޫންކަމަށް އެމަނިކުފާން ވަނީ ވިދާޅުވެފައެވެ.

މައުމޫން މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިލާފަށް ކޮންގްރެސް ބާއްވައިގެން ރައީސަކަށް ހޮވުނަސް އެއީ ސައްހަ ކަމެއް ނޫންކަމަށެވެ. ރައީސް މައުމޫން މިގޮތަށް ވިދާޅުވިއިރު މިދިޔަ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޕީޕީއެމް ކޮންގްރެސްއިން ޔާމީން ވަނީ ޕާޓީގެ ރައީސްކަން ހޯއްދަވާފައެވެ.

ޕީޕީއެމްގެ ރައީސްކަން ޔާމީނަށް ގެއްލުނީ އިޖުރާއުތައް ފުރިހަމަ ނުކޮށް ޕީޕީއެމް ކޮންގްރެސް ބޭއްވުމާއި ގުޅިގެން ކައުންސިލް އިލެކްޝަނުން ބަލަިއ ނުގަތުމުންނެވެ.

ޕީޕީއެމްއިން ކުރިން ނިންމާފައިވަނީ ނޮވެމްބަރ 17ގެ ފަހުން އިދިކޮޅު ލީޑަރަކީ ރައީސް އަބްދުﷲ ޔާމީންކަމަށެވެ. އަދި ޕީޕީއެމްއަކީ އިދިކޮޅު ޕާޓީ ކަމަށެވެ.